ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ވައްދަން އިސްރާއީލުން ހުރަސް އަޅަމުން ދަނީ ކިހާ މިންވަރަކަށް ކަމާއި މެދު ހުޅަނގުގެ ވެރިންނާއި, ސަރުކާރުތަކުންނާއި, ގާނޫނު ހަދާ ފަރާތްތަކުން ބަހުސް ކުރަމުންދާ އިރު, އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަކަށް އަދިވެސް އެއްވެސް މަޑުޖެހުމެއް ނާދެއެވެ. އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ޣައްޒާގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދު ކުރުމަށާއި, އެތައް ބަޔަކު މަގުމަތި ކުރުމަށާއި, މުޅި ޣައްޒާ ބިމާއި ހަމަކޮށް ސުންނާފަތި ކުރުމަށް އެތައް ގިނަ ހަތިޔާރެއް ބޭނުން ކުރަމުންދާ އިރު, މި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ލިބެމުންދާ ހަތިޔާރުގެ މިންވަރު ވަނީ އިތުރުވެފައެވެ. އެއްކޮޅުން ޣައްޒާ އޮތީ…